މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭ އަގުތައް އަލުން ކަނޑައަޅާ، އަގުތައް ކޮންޓްރޯން ކުރުމުން ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅު ކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ހިދުމަތުގެ އަގު އަލުން ކަނޑައަޅާފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަމައިން ނައްޓާލަފައި އޮތް ޓެކްސީ ކިޔު، ފުލުހުން ނެރެގެން ހަމައަކަށް އެޅުވުމުން ވީއައިއޭ އަށް ޓެކްސީތައް ދިއުން ވަރަށް ބޮޑަށް މަދުވެ އާންމުންނަށް ދަތިތައް ކުރިމަތިވާން ފެށުމުންނެވެ.
އިއްޔެ އާންމުކޮށްފައިވާ އާ އަގުތަކާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދޭން ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާއި ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އަސާސީ ޚިދުމަތްތަކާއި ގުޅުންހުރި އެހެން އަގުތަށް ކޮންޓްރޯލް ނުކޮށް ހަމައެކަނި ޓެކްސީގެ ޚިދުމަތުގެ އަގުތައް ކޮންޓްރޯލް ކޮށްފައި އޮންނާތީއެވެ.
އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނެފައިވަނީ ޓެކްސީތަކަކީ ބޭންކުން ލޯނު ނަގައިގެން ގަނެފައިވާ ޓެކްސީތަކަށްވާއިރު އަގުތައް ކޮންޓްރޯލް ކުރުމުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ އަގު ހަމައެކަނި ކޮންޓްރޯލް ކުރާތީ މިއީ ކަންބޮޑުވުމެއް.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކި ޑްރައިވަރަކު ބުންނެޏެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަސާސީ ހައްގުތަކާއި ގުޅުންހުރި އެހެން އަގުތައް ކޮންޓްރޯލް ކުރުމަށްފަހު ޓްކްސީގެ އަގުތައް ކޮންޓްރޯން ކުރުމެވެ.
އަޅުގަނޑުމެން މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން މި އެދޭ އެންމެ ބޮޑު އެދުމަކީ އަޅުގަނޑުމެން އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަޅުގަނޑުމެން ބޯ މައްޗަށް އެބަހުއްޓޭ އެއަށްވުރެ މާ އަސާސީ ހައްގުތަކެއް އެ އަސާސީ ހައްގުތައް ކޮންޓްރޯލް ކުރުމަށް ފަހު އަޅުގަނޑުމެންގެ ހައްގުތައް ކޮންޓްރޯލްކުރާށޭ.
ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ޑްރައިވަރުން ބުނެފައިވަނީ ބޭނުންވަނީ އަގުތައް މުރާޖާ ކުރުމަށް ކަމުގައެވެ. އަދި އަގުތަކަށް މުރާޖައާ ނުކުރާހާ ހިދަކު އަލަށް ކަނޑައެޅު އަގިތަކަށް އަމަލު ނުކުރާނެކަމަށްވެސް ބުނެފައި ވެއެވެ.
’ސަރުކާރުން ނެރެފައިވާ ނޫސް ބަޔާން، މިއޮތް އަގުތައް މުޅި އަގުތައް މުރާޖާ ނުކޮށް އަޅުގަނޑުމެން މިތިބީ މި އަށް އަމަލުކުރާ ގޮތަކަށް ނޫން.
ޑްރައިވަރުން ބުންޏެވެ.