"ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 14 ފެށަނީ

"ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 14 ފެށަނީ

Author
ފާތިމަތު ނާވީ
16 މެއި 2024 04:54
0

ކަލާސް ޗެނަލް ގެ ރިއަލިޓީ ޓިވީ ޝޯވ "ހަތުރޯން ކޭ ކިލާޅީގެ" ގެ 14 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ މި ޝޯވ ގެ 14 ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރު ވަމުން އަންނަ އިރުގައި މި ޝޮވ ގައި ވަރަށް ބިޑުކުޑަ މީހުން ކުރާފަދަ ސްޓަންޓް ތަށް ކުރަން ޖެހެއެވެ.

ދެކުނު އެފްރިކާގެ ކޭޕް ޓައުނުންގައި ޝޫޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. މީ އޭނާ މި ޝޯވ ހޯސްޓް ކުރާ 9 ވަނަ ފަހަރެވެ. މި ސިލްސިލާގެ ސީޒަން 5 ހަކުން ފެށިގެން ހޯސްޓު ކުރަމުން އަންނަނީ އޭނާއެވެ.

 

View this post on Instagram

 

A post shared by Rohit Shetty (@itsrohitshetty)

"ހަތުރޯން ކޭ ކިލާޅީގެ" ގެ 14 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެފައިވާއިރު މިފަހަރުގެ ސީޒަންގައި ވެސް ގިނަ ސެލިބްރިޓީންތަކެއް ބައިވެރިވާނެ އެވެ. މިފަހަރުގެ ސީޒަން ގެނެސްދޭނެ ތާރީހެއް އަދި އިއުލާނުކޮށްފައިނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.