ކާތިކް ދޭން މި އުޅެނީ ކޮންކަހަލަ މެސެޖެއްބާ

ކާތިކް ދޭން މި އުޅެނީ ކޮންކަހަލަ މެސެޖެއްބާ

Author
ފާތިމަތު ނާވީ
15 މެއި 2024 09:08
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން އޭނާގެ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ޕޯސްޓުތަކެއް ކުރަން ފަށައިފިއެވެ. ނަމަވެސް މީ ކޮންކަހަކަލަ ޕޯސްޓް ތަކެއް ކަމެއް ނޭގި ފޭނުން ތިބީ ވާނުވާ ގައިއެވެ.

އެންމެ ފުރަތަމަ އޭނާ ވަރަށް ތަފާތު ގޮތަކަށް ކޮށްފައިވަނީ މޯޝަން ޕޯސްޓެކެވެ. މި ޕޯސްޓުގައި އޭނާ ވަށައިގެން އަލިފާން ރޮގެން ހެން ރިންގެއް ދަތުރު ކުރެއެވެ. އަދި އޭނާ ހުރީވެސް ވަރަށް ތަފާތު ކޮސްޓިއުމެއްގައިއެވެ. ޕޯސްޓުގައި "ލޯޑިންގ" ލިއެފައިވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ދެވަނަ ޕޯސްޓުގައި ދުނިޔޭގެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ރޮނާލްޑޯ ޕެންލްޓީއެއް ޖެހުމަށް ތައްޔާރު ވަމުން ދަނިކޮށް ދައްކައެވެ. އަދި އެއަށް ފަހުން ލޯޑޫވާތަން ދެއްކުމަށްފަހު ކާތިކް ފެނިގެންދެއެވެ.

ނަމަވެސް މިއީ ކޮންކަހަލަ ކަމެއް ގެންނަށް ދައްކާ އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ. މީ ޕޮރޮމޯޝަނެއް ކަމެއް ނުވަތަ އިޝްތިހާރެއް ކަމެއް ނޫނީ އޭނާގެ ކުރިއަށް އޮތް ފިލްމް ކަމެއް ވެސް ނޭގެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ނަމަވެސް އޭނާގެ ވަރަށް އުންމީދީ ފިލްމްއެއް ކަމުގައިވާ " ޗަންދޫ ޗެމްޕިއަން" އަންނަ ޖޫން މަހުގައި ސިނަމާތަކަށް ގެނައުމަށް ވަނީ ތާވަލު ކޮށްފައިއެވެ. މީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްއެއްވެސްމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.