ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން ފަތުރުވެރިކަމުގެ އިސްމާގަމްތަކަށް ދިވެހިން ގެނައުމުގެ މަގު ފަހި ކުރަނީ

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން ފަތުރުވެރިކަމުގެ އިސްމާގަމްތަކަށް ދިވެހިން ގެނައުމުގެ މަގު ފަހި ކުރަނީ

ގުޅުންހުރި

ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް މަގާމްތަކަށް ދިވެހިން ގެނައުމުގެ މަގު ފަހިކުރާނެކަމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެ ސިނާއަތުގެ އިސްމަގާމްތަކަށް ދިވެހިން ގެނެސްގެން، އެ ސިނާއަތުގައި ދިވެހިން ލީޑްކުރާ މަންޒަރު ފެނުމަކީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތްކަމުގައެވެ.

އަޅުގަނޑުމެން ބަލާނަން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ދިވެހިންނަށް މި ދާއިރާގައި ހުރި ޖެނެރަލް މެނޭޖަރުން ގޮތުގައި، އެޗްއާރް ޑިޕާޓްމަންޓް ހެޑުންގެ ގޮތުގައި މިގޮތަށް ހުރި މުހިންމު ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަށް.

ފައިސަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި 20-25 އަހަރު މަސައްކަތް ކޮށްގެން ސޭލްސް ޑައިރެކްޓަރުންނަށް ވެފައިތިބި މީހުން އެބަ ތިބިކަމަށާއި، އެއީ ސިނާއަތުގެ ވަރަށް މުހިންމު މަގާމްތައް ކަމުގައެވެ. އަދި އޭގެ މާނައަކީ ހިތްވަރާއެކު މަސައްކަތް ކޮށްގެން އެހާހިސާބަށް ކޮންމެ ޒުވާނަކަށްވެސް އައުމުގެ ފުރުސަތު އޮތްކަން ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.

އަޅުގަނޑާ ދިމާވެފައި އެބަތިބި 20، 25 އަހަރު މަސައްކަތްކޮށްގެން ސޭލްސް ޑައިރެކްޓަރުންނަށް ވެފައި ތިބި މީހުން. މީ ހަމަ ވަރަށް ވަރުގަދަ މަގާމުތައް. އެހެންވީމަ އޭގެން އެ ދޭހަކޮށްދެނީ އެފޯޓެއް ލާފަ ހިތްވަރާއެކު މަސައްކަތްކުރާ ކޮންމެ ޒުވާނަކަށް ކާމިޔާބު ވާނެ ކަން.

ފައިސަލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ