ވިޔަފާރީގެ މަޝްވަރާތަކަށް ސައީދު އިނގިރޭސިވިލާތައް

ވިޔަފާރީގެ މަޝްވަރާތަކަށް ސައީދު އިނގިރޭސިވިލާތައް

Author
ހުސެއިން
14 މެއި 2024 04:14
0

ކޮމަންވެލްތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާބެހޭ މަޝްވަރާތަކަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ސައީދުގެ މިދަތުރަކީ، ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވުމަށް  ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ސައީދުގެ މި ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގައެވެ.

މީގެއިތުރުވެސް އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ސައީދު ބައްދަލުކުރައްވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.