އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް

އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް

Author
އަހުމަދު
13 މެއި 2024 05:28
0

އއ. އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ސައިކަލުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރު 14:30 އެހާކަންހާއިރެވެ.

އެކުއްޖާ ސައިކަލުން ވެއްޓިފައިވަނީ އުކުޅަހު ހިއްކި ސަރަހައްދުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެ ކުއްޖާ އަށް އުކުޅަހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.