މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 12 އޮޕަރޭޝަނެއް ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ކަމަށެވެ.
ނާފިޒު ވިދާޅުވި ގޮތުގައި ފުލުހުންގެ ޚިދުމަތުން ހިންގި މި އޮޕަރޭޝަންތަކުގައި 19 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.
މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޚިދުމަތުގެ އިންވެސްޓިގޭޝަން ހެޑް އަހްމަދު ނާފިޒު ވިދާޅުވީ އެތަކެތީގެ މަގުމަތީ އަގަކީ 104 މިލިއަން ރުފިޔާކަމަށް ފުލުހުން ލަފާކުރެވޭ ކަމުގައެވެ.
ފާއިތުވި އޭޕްރީލު މަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 70 މީހުން ހައްޔަރުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 260 މީހަކު މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ނާފިޒު ވިދާޅުވިއެވެ.
ނާފިޒު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ތުހުމަތުތަކުގައި ފުލުހުން 812 މީހަކު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 16 ބިދޭސީން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
އޭޕްރީލް މަހުގައި މަސްތުގެ ހާލަތުގައި 5 ދިވެހިން ހައްޔަރުކުރިއިރު މި އަހަރުގެ މިހާތަނަށް މަސްތުގެ ހާލަތުގައި ތިބި 61 ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށްވެސް ނާފިޒު ވިދާޅުވިއެވެ. އޭޕްރީލް މަހުގައި މަސްތުގެ ހާލަތުގައި ތިބި 6 ބިދޭސީން ހައްޔަރުކުރިއިރު މި އަހަރުގެ މިހާތަނަށް މަސްތުގެ ހާލަތުގައި ތިބި 55 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް ފުލުހުން ތަހުގީގުކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މަސްތުވާތަކަތީގެ 95 މައްސަލައެއް ފޮނުވާފައިވާކަން ނާފިޒު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ކަމަށެވެ.
ނާފިޒު ވިދާޅުވި ގޮތުގައި ފުލުހުންގެ ޚިދުމަތުން ހިންގި މި އޮޕަރޭޝަންތަކުގައި 19 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައެވެ