ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ޒަމީރު ބައްދަލުކުރައްވައިފި

ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ޒަމީރު ބައްދަލުކުރައްވައިފި

Author
ހުސެއިން
10 މެއި 2024 10:05
0

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ދިވެހިންނާ ބައްދަލުކުރެއްވީ ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި ޚާރިޖީ ވަޒީރުގެ ޝަރަފުގައި އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަރު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.

މި ހަފްލާގައި ދިއްލީގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި، އެކި ބޭނުންތަކުގައި އެސިޓީގައި މިވަގުތު ތިބި ބައެއް ދިވެހިން ބައިވެރިވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ޚާރިޖީ ވަޒީރުވަނީ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވެސް ވަޑައިގަންނަވާފައެވެ.

އެމަނިކުފާނު ހައިކޮމިޝަނަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ހައިކޮމިޝަނަރު އިބްރާހިމް ޝަހީބް އާއި ހައިކޮމިޝަނުގެ އިސްފަރާތްތަކާއި މުވައްޒަފުންނެވެ. އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ހައިކޮމިޝަން ގާއިމްކުރަން ހަމަޖެހިފަވާ ބިންވެސް ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.