އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޓީމް ބިލްޑިންގް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޓީމް ބިލްޑިންގް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

Author
ހުސެއިން
09 މެއި 2024 08:56
0
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، އައްޑޫސިޓީ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޓީމް ބިލްޑިންގް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޭ 7 އަދި 8، މި ދެ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކިކަހަލަ ޓީމް ބިލްޑިންގް އިވެންޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ. ޓީމް ބިލްޑިންގް ހުނަރުތައް އަށަގެންނެވުމާއި އަދި ޓީމް ރޫހު ތަރައްގީކޮށް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އައްޑޫސިޓީ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ 44 ނަރުހުން ބައިވެރިވިއެވެ.
މި ފްރޮގްރާމްގައި، ކިޔަވައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.