ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

Author
ހުސެއިން
06 މެއި 2024 02:19
0

ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ މަގާމަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދޭން ފާސްކުރި ފުރަތަމަ ބޭފުޅަކީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ހަމަޖެއްސުމަށެވެ. އޭނާ އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި ދެވަނަ އަށް ރުހުން ދިނީ ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޑޫ ހިތަދޫ އަސަރީގެ، ޝިއުނީ ރަޝީދު ހަމަޖެއްސުމަށެވެ. އޭނާއަށް ރުހުންދޭން ފާސްކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި ތިން ވަނަ އަށް ރުހުން ދިނީ ރާއްގެ ފަރާތުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، މުހައްމަތު ތޯހާ އައްޔަން ކުރުމަށެވެ. އޭނާއަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.