ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު އިތުރުކޮށް އިތުރު މުހުލަތު ދީފި

ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު އިތުރުކޮށް އިތުރު މުހުލަތު ދީފި

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދޭ އިތުރު ފަރާތްތަކަށް ފުރުސަތު ދީ، ގޯތި ބަދަލުކުރުމަށް އިތުރު މުހުލަތު ދީފިއެވެ.

މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި މީހުންގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށައަޅާފައި ވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށް ވާތީ އާއި ގުޅީފަޅަށް ބަދަލުވުމަށް ހުށައަޅާފައިވާ  ރިކުއެސްޓް ތަކަށް ބަލައި ގޯތި އިތުރުކޮށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އަދި ބުނީ ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް ދޭ ކަމަށެވެ. މިހާރު ހުޅުވާލާފައިވަނީ؛

  •  1250 އަކަފޫޓުގެ 196 ގޯތި
  •  1650 އަކަފޫޓުގެ 683 ގޯތި

ގޯތި ބަދަލުކުރަން ހުށައެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަަމަށް ވެސް ބުންޏެވެ.

ކުރީން ދިން ފުރުސަތު ގައި 1250 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 928 ފޯމު ހުށަހަޅާފަ ވެއެވެ. 1650 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 769 ފޯމާއި، 2050 ފޫޓުގެ ގޯތި ބަދަލު ކުރުމަށް 213 ފޯމު ހުށަހަޅާފައި ވެ އެވެ. އަދި 2450 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް ތިން ފަރާތަކުން އެދިފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *