ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ނެޝަނަލް ހެލްތު އިންޝުއަރެންސް ޝީމް، އާސަންދައިން އިންޓްރާޔޫޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާސްގެ ދަށުން ފުރިހަމަ ކަވަރޭޖް ދޭން ފަށައިފި އެވެ.
"މި ނިންމުމުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ދެމަފިރިންނަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި ވިހެއުމަށް އެކަށީގެންވާ ގޮތުގައި އައިޔޫއައި ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ،" ޓީޓީއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ ކުރިން އައިޔޫއައި ޕްރޮސީޖާތަކަށް ލިބިފައިވަނީ ހަމައެކަނި ޕާޝަލް ކަވަރޭޖެއް ކަމަށާއި އެކަމުގެ ސަބަބުން ފަރުވާ ހޯދަމުންދާ ދެމަފިރިންނަށް މާލީ ބުރައެއް އުފުލަން ޖެހިފައިވާކަމަށްވެސް ޓީޓީއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މި ބަދަލާއެކު އެ ހުރަސް ނައްތާލައި، އައިޔޫއައި އަކީ ރާއްޖޭގެ ގިނަ ދެމަފިރިންނަށް މިހާރަށް ވުރެ ފަސޭހަ އަދި ރިއަލިސްޓިކް އޮޕްޝަނަކަށް ވެގެންދާނެކަމަށްވެސް ބުނެފައި ވެއެވެ.
ޓީޓީއެޗް އިން ބުނީ ދަރިމައިވުމާއި ގުޅުންހުރި މައްސަލަތަކަށް ފަރުވާ ކުރުމުގައި ހުނަރުވެރި އަދި އޯގާތެރި ފާޓިލިޓީ ސްޕެޝަލިސްޓުންގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ދެމަފިރިން އާއިލާއެއް ފެށުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުގެ ބަޔާނުގައި ވެ އެވެ.
ކުޅަދާނަ ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓުންގެ ހާއްސަ ޓީމަކާއި އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ޓީޓީއެޗް އިން އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އަދި އައިޔޫއައި ޕްރޮސީޖާތަކުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. "ޓްރީ ޓޮޕް ހޮސްޕިޓަލްގައި އަޅުގަނޑުމެން މިތިބީ ބަލި މީހުންނަށް ބެލެނިވެރިކަމުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި އެންމެ ޒަމާނީ ފަރުވާ ދިނުމަށް. އާސަންދަ ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމްގެ އިންޓްރާޔޫޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާތަކުގެ ފުރިހަމަ ކަވަރޭޖަކީ ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ޓީޓީއެޗްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރު ވިދާޅުވެފައި ވެއެވެ.
ދަރިމައިވުމުގެ ފަރުވާއާ ގުޅޭ އިތުރު މައުލޫމާތު ޓީޓީއެޗްގެ ވެބްސައިޓުން ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އިތުރު މައުލޫމާތެއް ހޯދުމަށް ނުވަތަ އެޕޮއިންޓްމަންޓް ހެދުމަށް 3351630 ގުޅައިގެން ނުވަތަ [email protected] އީމެއިލް އެއް ފޮނުވުމަށްވެސް އެ ހިސްޕިޓަލުން އެދިފައި ވެއެވެ.