ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރު މިލްކުވާ ގޮތް ހަދަނީ

ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރު މިލްކުވާ ގޮތް ހަދަނީ

Author
ހުސައިން
27 އޭޕްރިލް 2024 08:50
0
ގައުމީ ދިފާއީ ބާރަށް ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކޮށްދޭން ސަރުކާރުން ނިންމަވާފައިވާކަން ދިފާއީ ވަޒީރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 70ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމަށް މިއަދި ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގައްސާން ވިދާޅުވީ ސިފައިންގެ ބޭކަލުން ހިދުމަތުން ރިޓަޔާކުރުމުން ސިފައިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ކަށްވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ސިފައިންގެ ރިޓަޔާ ކުރާ ފަރާތްތަކަށް އަމޮއްލަ ބޯހިޔާވަހިކަމެއް ކަށަވަރު ވާނެ ނިޒާމެއް ގާއިމުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ނިންމަވައިފައިި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތެއް ހަމަޖައްސަވައިދެއްވަން،" ދިފާއީ ވަޒީރު ގައްސާން މައުމޫން ވިދާޅުވިއެވެ.

ސިފައިންގެ ހިދުމަތާއި އަލަށް ގުޅުނު ކުދިންނާއި މިހާތަބުކުރައްވާ ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާކަމެއްކަމަށެވެ. އެގޮތުން އެއްގަމާއިި ކަނޑުގައި ބޭނުންކުރާ ވަސީލަތްތަކާއި ހަތިޔާރުތައް ހޯދާދިނުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިފައިންގެ ހިދުމަތާއި ގުޅޭ ކުދިންނަށްް އިތުރުކުރުމަށް ސްކޫލް ނިންމާ އަލަށް ސިފައިންގެ އަށް ވަންނަ ކުދިންނަށް އެކި ދައިރާތަކުން ކިޔަވާދިނުމަކީވެސް ރައީސް މުއިއްޒުގެ ވިސްނުން ފުޅެއްކަމަށް ފިފާއީ ވަޒީރު ގައްސާން ވިދާޅުވިއެވެ.

"ސްކޫލު ދައުރު ނިންމަވާ އެހެން ޒުވާނުންވެސް، މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހަދަން، ސްކޮލަޝިޕްގެ ފުރުސަތުތައް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވަން ރައީީސުލްޖުމްހޫރިއްޔާ ވަނީ މަސައްކަތްޕުޅު ފައްޓަވާފައި،" ގައްސާން ވިދާޅުވިއެވެ.

ސިފައިންގެ 70ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ތެރެއިން މުޅި ކޯހުން އެއްވަނަ ހޯދީ  ޕްރައިވެޓް ހަމްނާ ރަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.