ދަރިފުޅު ދެކިލަން ކަމަށް ބުނެ ގެއަކަށް ވަންނަން މަސައްކަތް ކޮށް, ބިރު ދެއްކިކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާދީފައެވެ.
ކްރިމިނަލް ކޯޓުން ބަންދު އަމުރުގައިވާގޮތުން އެކަށިގެންވާ މިންވަރަށް އޭނާއާއި ދެކޮޅަށް ހެކި ހުށަހަޅާފައިވާއިރު، އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.
އެހެންނަމަވެސް އެއްވެސް މީހަކަށް ބިރުދެއްކި ކަމަށް އޭނާވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ. އަދި އޭނާ ބުނެފައި ވަނީ އެ ގެއަށް ދިޔައީ އޭނާގެ ދަރިފުޅު ދެކިލުމަށެވެ.
ކޯޓުގައި އޭނާ ބުނެފައިވަނީ، އެ ގޭގެ ދޮރުގައި ފައިން ޖެހުމުން ދޮރަށް ގެއްލުން ލިބުނު ކަމަށެވެ. އަދި އެގެއްލުމަށް ބަދަލު ދިނުމަށް ތައްޔާރަށް ހުރިކަމަށްވެސް ކޯޓުގައި އޭނާ ބުނެފައި ވެއެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.
ކޮމެންޓު ފޮނުވާ