ދެކުނަށް އަދިވެސް ވިއްސާރަ، ފުވައްމުލަކާއި އައްޑުއަށް ވައިޓް އެލާޓް ނެރެފި

ދެކުނަށް އަދިވެސް ވިއްސާރަ، ފުވައްމުލަކާއި އައްޑުއަށް ވައިޓް އެލާޓް ނެރެފި

Author
ހުސައިން
27 އޭޕްރިލް 2024 07:12
0

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލާޓް ނެރެފައިވަނީ މިރޭ 11:30 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ ދެކުނަށް މޫސުން ގޯސް ދުވަސްވަރަކެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީ ގަމަށް 167،7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑު އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރޭ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ ފޭދޫ އަށެވެ. އެގޮތުން ފޭދޫގެ 40 ގެއަކަށް ފެން ވަދެ ގެއްލުން ލިބުނުއިރު ބައެއް ގެތަކުގެ މީހުން ވަނީ ވަގުތީ ހިޔާ އަށް ވެސް ބަދަލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.