"ދަ ގުޑް ހާފް" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

"ދަ ގުޑް ހާފް" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
27 އޭޕްރިލް 2024 08:41
0

މަޝްހޫރު ލަވަ ކިއުންތެރިއާ އަދި ބޮލީވުޑް/ ހޮލީވުޑްގެ މަޝްހޫރ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ގެ ފިރިމީހާ ނިކް ޖޯނަސް ގެ ކުރިއަށް އޮތް ފިލްމް "ދަ ގުޑް ހާފް" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

ނިކް ލޯޑުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ އަންނަ ޖުލައި 23 އަށެވެ. މިއީ ފިލްމް އެއްގެ ލީޑުން ނިކް ފެނިގެންދާ ފުރަތަމަ ފިލްމް ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ބައެއް ފިލްމް ތަކުގައި ސަޕޯޓިން ރޯލު ތަށް އަދި ބައެއް ފިލްމް ތަކުން ކުދި ކުދި ރޯލު ކުޅެފައިވާ ނިކް އަށް ފިލްމް އެއްގެ ލީޑުން ފުރުސަތު ލިބުން އިރުގައި މި ފިލްމް ގެ ކާސްޓުގައި ބްރިޓަނީ ސްނޯ، ޑޭވިޑް އާކްއެޓް، އެލެގްޒެންޑްރާ ޝިޕް އަދި އެލިޒަބަތު ޝޫ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Utopia (@utopiamovies)

ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު އަދި "ޖޯނަސް ބްރަދާސް" ގެ ނަމުގައި އާއިލީ ބޭންޑެއް ހިންގަމުން އަންނަ ނިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޕްރިޔަންކާ އާއި ސޭމް ހިއުގަންގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ލަވް އެގެއިން" ގެ ކުޑަ ރޯލަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.