ބާ މުސްހަފްތަކާއި މާލޭ ސިޓީ ކައުންސިލުން ހަވާލުވަނީ

ބާ މުސްހަފްތަކާއި މާލޭ ސިޓީ ކައުންސިލުން ހަވާލުވަނީ

Author
ހުސައިން
27 އޭޕްރިލް 2024 11:37
0

މާލޭގެ ގެތަކުގައި ހުރި ބާ މުސްހަފާއި، ގުރުއާނުގެ އާޔަތް އަދި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް ނައްތާލުމަށް ސިޓީ ކައުންސިލުން ހަވާލުވާން އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ގެތަކުގައި ހުރި މިފަދަ ފޮތްތައް ނައްތާލުމަށް އެކައުންސިލުން ހަވާލުވާނެ ކަމަށެވެ.  މި ތަކެއްޗާއި ހަވާލުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 4:00 އަށެވެ. މި ތަކެއްޗާއި ހަވާލުވާނީ ތައިސޭކޮށި، ސިޓީ ކައުންސިލުގެ ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންނެވެ.

މިއަހަރުން ފެށިގެން، ކޮންމެ އަހަރަކު ދެފަހަރަށް މާލޭގެ ގެތަކުގައި ހުރި ބާ ދީނީ ފޮތްތައް ނަތާލުމުގެ އިންތިޒާމް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.