އެ ބޭންކްގެ މުވައްޒަފުންގެ އަގުވަޒަން ކުރުުމުގެ ގޮތުން ބާއްވާ އަހަރަރީ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ކްރޮސްރޯޑްގައެވެ. މި ހަފްލާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓޫމްކޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފުވެރި އެވޯޑު ހޯދީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގް އަހުމަދުއެވެ. ބެސްޓް ލީޑާ އެވޯޑް ލިބުނީ ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން އަލީ ފާރިޝް ޚަލީލަށެވެ.
ބީއެމްއެލްގެ ބެސްޓް ލީޑާ އެވޯޑް ހޯދި އަލީ ފާރިޝް ޚަލީލަށް އެވޯޑް ހަވާލުކުރަނީ
ކުންފުނީގެ ބްރާންޗުތަކަށް ދޭ ސީއީއޯގެ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ލިބުނީ ނައިފަރު ބްރާންޗަށެވެ. ޓާމިނަލް މެނޭޖްމަންޓް ޔުނިޓްގެ ބެސްޓް މެނޭޖަރުގެ އެވޯޑް ލިބުނީ އަޒާން ރަޝީދަށެވެ.
ބީއެމްއެލްގެ ބެސްޓް މެނޭޖަރުގެ އެވޯޑް ހޯދި އަޒާން ރަޝީދަށް އެވޯޑް ހަވާލުކުރަނީ
އޭގެއިތުރުން އެންމެ މޮޅު އަތޮޅު ގޮފި، އެންމެ މޮޅު އަތޮޅު މުވައްޒަފު، އެންމެ މޮޅު ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަންވެސް ވަނީ ރޭގެ ހަފްލާގައި އެވޯޑްތައް ދީފައެވެ
ރާއްޖޭގެ ގައުމީ ބޭންކް ބީއެމްއެލްގެ މުވައްޒަފުންގެ ތެރެއިން %99 އަށްވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ އަތޮޅުތަކުގައި ހުރި ބްރާންޗުތަކުގައި މަސައްކަތް ކުރާ މީހުންކަމަށްވެސް ބޭންކުން ބުނެއެވެ.