ހޮޓްލައިންއަކާއި ޕޯޓަލްއެއް ގާއިމްކޮށް، ދާއިރާގެ އޮފީހަށް މުހައްޒަފުން ހޯދަނީ

ހޮޓްލައިންއަކާއި ޕޯޓަލްއެއް ގާއިމްކޮށް، ދާއިރާގެ އޮފީހަށް މުހައްޒަފުން ހޯދަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުވި މުޙައްމަދު މުސްޠަފާ އިބްރާހިމްގެ އޭނާގެ ކެމްޕޭންގައި ވައުދުވިގޮތަށް ދާއިރާގެ އޮފީހެއް ގާއިމްކޮށް ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާން ކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

މުސްޠަފާ ގޮނޑި ކާމިޔާބުކުރެއްވީ %47.5 ވޯޓާއެކުއެވެ. އޭނާގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މެމްބަރު ނުފެންނާނެކަމުގެ ޝަކުވާތައް ދެން ކުރަން ނުޖެހޭނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އޭނާގެ ވައުދުތަކުގެ މައުލުމާތު ފޯރުކޮށް ދިނުމަކަށާއި، އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް އޮފީގެއް ގާއިމްކޮށް، އެ އޮފީހަށް މުވައްޒަފުން ހަމަޖައްސަވާނެ ކަމުގައެވެ.

އޭނާ މިހާރުވަނީ "އަސްކޮ.މުސްތޮ24.ކޮމް’ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ގާއިމް ކުރައްވާ އޭނާއާއި ގުޅޭނެ ހޮޓްލައިންއެއް ގާއިމް ކޮށްފައެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް 4 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *