އައިޑީބީގެ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި

އައިޑީބީގެ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި

Author
އަހުމަދު
25 އޭޕްރިލް 2024 04:47
0

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ރާއްޖެ އަށް ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައި ވަނީ މާސްޓަ އޮފް ސައިންސް ސްކޮލަޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށާއި ހައި ޓެކްނޮލޮޖީ ޕީއެޗްޑީގެ އިތުރުން ޕޯސްޓްޑޮކްޓޯރަން ރިޗާސް ރިސާޗް ސްކޮލަޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށެވެ.

މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ކޯސްތަކަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓްތަކަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ތަންތަންތޯ އާއި ކޯސްތަކަކީ ވެސް ރާއްޖެއިން ގަބޫލުކުރާ ކޯސްތަކެއްތޯ ކަށަވަރު ކުރަން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.