ސައުތުގެ މަޝްހޫރު އެކްޓަރު ރަޖްނިކާންތް ގެ ކުރިއަށް އޮތް ފިލްމްގެ ޓިޒާއެއް ދައްކައިލައިފިއެވެ.
ކުރިއަށް އޮތީ ވެސް ރަޖްނިކާންތް ގެ ސްޓައިލުގެ ފިލްމްއެކެވެ. މީހުންތަކަށް ތަޅާ ސުންނާފަތި ކުރާތަށް ފެންނަ މި ފިލްމްގެ ނަމަކީ "ކޫލީ"އެވެ. ފިލްމް ގެ ޓިޒާއިްނ ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.
"ކޫލީ" އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެކްޓަރު ވިޖޭއާ އެކީ ގެނެސްދިން އެކްޝަން ތުރިލާ "ލިއޯ" އެވެ.
"ކޫލީ" އަކީ އޭނަ ރަޖްނީކާންތާ އެކީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. މީގައި ދައްކުވައި ދޭނީ ރަނުގެ ވަގު ވިޔަފާރި ކުރާ ބަޔަކާ ދެކޮޅަށް ކުރާ ހަނގުރަމާއެކެވެ.. މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ މެއި/ޖޫން ހިސާބުގަ އެވެ.
ކޮމެންޓު ފޮނުވާ