ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހަކަށް ހާލު ދެރަވެގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެނީ

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހަކަށް ހާލު ދެރަވެގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެނީ

Author
ހުސައިން
24 އޭޕްރިލް 2024 11:06
0

ޑުރަގް ހުރި ބުލެޓްތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، އެ މީހާއަކީ ރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ހަށިގަނޑުގެ ތެރޭގައި ޑުރަގް ފޮރުވައިގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗް އަށް ގެންގޮސް އޭނާގެ އާއިލާއަށް އެކަމުގެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންއަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ދިރުވާލައިގެން އުޅުނީ ކިތައް ޑުރަގް ބުލެޓް ކަމެއް އަދި އެއީ ކިހާ އުމުރެއްގެ މީހެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.