ހުޅުމާލޭގައި ކާރެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކާރެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެއްޖެ

Author
ހުސައިން
24 އޭޕްރިލް 2024 10:26
0

ބުދަ ދުވަހުގެ ފަތިހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައި އެކަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ފަތިހު 05:35 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހިކަލްގެ ފަހަތުގައި އިން އަންހެންމީހާއަށް ކުދި ކުދި އަނިޔާތަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެވަގުތު ވެހިކަލްގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެކްސިޑެންޓްވި ކާރު މިހާރު ވަނީ ޓޯކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.