ޖަޕާނުގައި ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހު މަހު

ޖަޕާނުގައި، އަންނަ އަހަރު ފެބްރުއަރީ މަހު އާންމުކޮށް ވެކްސިން ދޭން ފަށަނީ

ޖަޕާނުގައި، އަންނަ އަހަރު ފެބްރުއަރީ މަހު އާންމުކޮށް ވެކްސިން ދޭން ފަށަނީ

ޖަޕާނުގައި، އަންނަ ފެބްރުއަރީ މަހު ކޯވިޑް19 ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ހެލްތު މިނިސްޓްރީންވަނީ، އަންނަ ފެބްރުއަރީ މަހު، އެންމެ ފުރަތަމަ ސިއްޙީ އެހީތެރިންނަށް ވެކްސިންދޭން ފެށުމަށް، ވެކްސިން ޕްރޮގްރާމްތައް އެކުލަވާލުމަށް، ސަރަހައްދީ ސަރުކާރުތަކަށް އަންގާފައެވެ.

އަދި ހެލްތު މިނިސްޓްރީންވަނީ، ފާއިތުވެދިޔަ ހަފްތާގެ ހުކުރު ދުވަހު، ޑްރާފްޓް ވެކްސިން ޕްލޭނެއް، ޖަޕާނުގެ ހުރިހާ ސްޓޭޓެއްގެ މުނިސިޕަލް ސަރުކާރުތަކާއި ވަނީ ހަވާލުކޮށްފައެވެ. މި ޑްރާފްޓް ޕްލޭންގައި ވާގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޖަޕާނުގެ 10،000 ސިއްޙީ އެހީތެރިނަށް ވެކްސިން ދިނުމަށްޓަކާ ޕްލޭންތައް ހަދަން ޖެހެއެވެ.

މީގެއިތުރުން، ޖަޕާނުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ 3 މިލިއަން ސިއްޙީ އެހީތެރިންނަށް ވެކްސިން ދިނުމަށް ފެށިގެންދާނީ މާރޗްމަހުގެ މެދުތެރޭގައެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން އުއްމީދު ކުރާގޮތުގައި، އެގައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދޭން ފެށިގެންދާނީ މާރޗްމަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެގައުމުގެ އެހެން ރައްޔިތުންނަށް ވެކްސިން ދޭން ފެށިގެންދާނީ، އެޕްރިލް މަހު ނުވަތަ އޭގެ ފަހުގެ ތާރީޚެއްގައެވެ.

ޖަޕާނުގެ ވެކްސިން ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެވިގެންދާނީ، ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށެވެ.

ވެކްސިން ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ހެލްތު މިނިސްޓްރީއިން ވަނީ، ވެކްސިން ދޭން ތަންތަނާއި އަދި، ވެކްސިން ޖެހުމަށް އަންނަ ފަރާތްތަކުން ގެންގުޅޭނެ އައިޑެންޓިޓީތައް ތައްޔާރުކުރުމަށް ލޯކަލް ސަރުކާރުތަކަށް އަންގާފައެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެގައުމުގެ ރައްޔިތުންނަށް އާންމުކޮށް ވެކްސިން ދޭން ފެށުމެވެ. މިގޮތުން އެގައުމުގެ ސަރުކާރުން މިހާރުވަނީ، ވެކްސިން ގަތުމަށްޓަކާ ބައިނަލް އަގުވާމީ ފާމަސޫޓިކަލް 3 ކުންފުންޏަކާ ވާހަކަ ދައްކާފައެވެ. މި ކުންފުނިތަކުން ޖަޕާނަށް ވެކްސިން ސަޕްލައިކޮށްދޭނީ ދެފަރާތުން އެއްބަސްވެފައިވާ މުއްދަތަށް ވެކްސިން އުފައްދާ ތައްޔާރު ކުރުމަށްފަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *