ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް 600 ކވ ގެ 2 ޖަނަރޭޓަރ ސެޓް ފޮނުވައިފިއެވެ.
ފެނަކައިން ބުނެފައިވަނީ ހދ.ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކވ ގެ 2 ޖަނަރޭޓަރ ރަށަށް ލިބި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމުގައެވެ.
ކަރަންޓުގެ މައްސަލަ ހައްލުނުވެ، ތަކުރާރުކޮށް ކަރަންޓުގެ މައްސަލަ ކުރިމަތިވަމުން ދަނިކޮށް އެރަށު ފެނަކަ ބްރާންޗް ހިންގުމާ ހަވާލުވެހުރި އިސްފަރާތް ސަސްޕެންޑްވެސް ކޮށްފައިވެއެވެ.
ކުޅުދުއްފުށީ ބްރާންޗްގެ އިސްވެރިއަކަށް ހުންނެވި އަބްދުލް ހަމީސް އިބްރާހިމް ސަސްޕެންޑް ކުރިއިރު، އޭނާ ހިމެނޭގޮތުން 3 މުވައްޒަފަކު ސަސްޕެންޑް ކޮށްފައި ވެއެވެ. މި އެންމެންވެސް ސަސްޕެންޑް ކޮށްފައިވަނީ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދެ ހަފުތާގެ މުއްދަތަކަށެވެ.
ކަރަންޓް ކެނޑޭ މައްސަލައިގައި ކުޅުދުއްފުށީގައި ދާދި ފަހުން މުޒާހަރަކާތެއް ވެސް ކޮށްފައިވާ އިރު، އެ ސިޓީ އަށް އިހުމާލުވެފައިވާ ކަމަށް ބުނެ ފެނަކައިގެ މުވައްޒަފުންތަކެއް ވެސް އަޑު އުފުލާފައިވެ އެވެ.
ކޮމެންޓު ފޮނުވާ