މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ޕީއެންސީއަށް 66 ގޮނޑި، މިނިވަން މެމްބަރުންނާއެކު ސުޕަރ މެޖޯރިޓީ ޔަގީން

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ޕީއެންސީއަށް 66 ގޮނޑި، މިނިވަން މެމްބަރުންނާއެކު ސުޕަރ މެޖޯރިޓީ ޔަގީން

Author
ހުސެއިން
23 އޭޕްރިލް 2024 01:06
0

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

އީސީއިން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުން މެޖޯރިޓީ ގޮނޑި ކާމިޔާބުކުރި ސަރުކާރު ކޯލިޝަނުގެ އިސް ޕާޓީ ޕީއެންސީއަށް 66 ގޮނޑިއެއް ކާމިޔާބު ކުރި އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑިއެއް ކާމިޔާބުކުރެވުނެވެ. އޭގެ އިތުރުން އެމްއެންޕީއަށް ގޮނޑިއެއް، ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް އަދި އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ކުރެވުނެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި 11 މެންބަރަކަށް ވެސް ގޮނޑި ކާމިޔާބުވި އެވެ. މި 11 މެމްބަރުންނަކީވެސް ޕީއެންސީއަށް ތާއީދުކުރާ މެމްބަރުންކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން ވާދަކުރި މެމްބަރުންވެސް ހިމެނެއެވެ.

މާލެ ހިމެނޭހެން ބޮޑެތި ގިނަ ދާއިރާތަކެއްގެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީއިންނެވެ. އިދިކޮޅު އެމްޑީޕީއިން މާލޭގެ ތިން ދާއިރާއެއް، އައްޑޫއިން ދެ ދާއިރާއެއް ކާމިޔާބުކުރި އެވެ. ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއްް ކާމިޔާބުކުރީ ޕީއެންސީއިންނެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ޕީއެންސީއަށް 66 ގޮނޑި، މިނިވަން މެމްބަރުންނާއެކު ސުޕަރ މެޖޯރިޓީ ޔަގީން

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.