ވޯޓުލީދުވަހު ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި

ވޯޓުލީދުވަހު ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ފުލުހުން އިއްޔެ ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ތިން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހެކެވެ.

އަނެއް ދެ މީހުން ހައްޔަރުކުރީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައިގަ އެވެ. އެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ