ޕީއެންސީން މަޖިލިހުގެ މެޖޯރިޓީ ކަށަވަރު ކޮށްފި

ޕީއެންސީން މަޖިލިހުގެ މެޖޯރިޓީ ކަށަވަރު ކޮށްފި

Author
ހުސައިން
21 އޭޕްރިލް 2024 08:16
0

މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގިނަ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ވެރިކަން ކުރާ ޕީއެންސީން މަޖިލިހުގެ މެޖޯރިޓީ ކަށަވަރު ކޮށްފިއެވެ.

އެގޮތުން މިހާރު އިއުލާން ކުރަމުންދާ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގެވެސް އެންމެ ދެގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ވަނީ ދައްކާފައެވެ. އެގޮތުން މިހާރު ދައްކާ ގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

މިހާރު ނަތީޖާ އިއުލާން ކުރަމުންދާ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން ސުޕަރ މެޖޯރިޓީއާއި ހަމަށް ދަތުރުކުރާނެކަަމަށް ދަނީ ބެލެވެމުންނެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.