މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިހާރުގެ ގިނަ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށް ދައްކައިފިއެވެ.
މިހާރު ނަތީޖާ ދައްކާ ގޮތުން މާލޭގެ ގިނަ ގޮނޑިތައް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ. އެގޮތުން މާލޭ ދާއިރާތަކުގެ ގިނަ ގޮނޑިތައްވެސް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ނަތީޖާއިން ދައްކަމުން ދެއެވެ. އޭގެ ތެރޭގައި މާލޭގެ މެމްބަރުން ކަމުގައިވާ، ފަލާހު، އަދުން ހުސެއިންގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށް ވަނީ ލަފާ ކުރެވިފައެވެ. އަދި ހެންވޭރު އުތުރު ދައިރާގެ މެމްބަރު އިބްރާހިމް މުއިއްޒުގެ ގޮނޑިވެސް ކާމިޔާބު ނުކުރެވޭނެކަމަށް ވަނީ ދައްކާފައެވެ.
އޭގެ އިތުރުން މަޖިލިހުގައި 3 ދައުރު މެމްބަރުކަން ކޮށްފައިވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރުން އަހުމަދު އާމިރުގެ ގޮނޑިވެސް ގެއްލޭނެކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.
މާލޭ މެދު ދާއިރާގެ ގޮނޑި އަސްމާ ރަޝީދު ކާމިޔާބުކުރާނެކަމަށް ނަތީޖާއިން ވަނީ ދައްކާފައެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ