މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ހަމަވެ، ވޯޓު ގުނާ، ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ހަމަވެ، 5:30 ވުމާއެކު ކިއުތައް ބަންދު ކޮށްފައި ވެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް 64 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް 181،406 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64.73 އިންސައްތައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުންނެވެ.
93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30އާ ހަމައަށެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ފަހުން ކަމަށެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ