އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ: ރައީސް ސޯލިހު

އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ: ރައީސް ސޯލިހު

Author
ހުސައިން
21 އޭޕްރިލް 2024 11:47
0
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުން އެމްޑީޕީއަށް މަޖިލިހުގެ ސާފު އަގުލަބިއްޔަތު ލިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު މިހާރު ވަނީ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލައްވާފަ އެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ސޯލިހު ވިދާޅުވީ ބޮޑެތި އާބާދީތަކުން އެމްޑީޕީން ކުރި ހޯއްދަވާނެ ކަމަށާއި, އަދި ކުދިރަށްތަކާއިއެކު މުޅި ރާއްޖެއިން މިއަދު މޮޅުވާތަން ފެންނަ ކަމަށެވެ.

އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް އުންމީދު ކުރަން، އަޅުގަނޑަށް ފެނޭ ސާފު އަގޔލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ. އަދި ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު ވެސް ލިބޭނެ ކުދި ރަށްތަކާ ވެސް އެކުގައި.
ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި މުވައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމުގައި ސޯލިހު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ނުކުމެ އަވަހަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބެއެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށް މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.