މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކާ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އީސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވާދު ތައުފީގު ވިދާޅުވީ ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައި ކަމަށާއި ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 5:30ގައި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ވޯޓުލާގަޑި އިތުރު ނުކުރާނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް ގަޑިޖެހޭއިރު ކިއުގައި ތިބޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމުގައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވޯޓު ލުމުގެ ހައްގުގެ ބޭނުން ކުުރުމަށް ފުއާދު އިލްތިމާސް ކުރެއްވިއެވެ.
ފުއާދު ވިދާޅުވީ ރާއްޖެއިން ބޭރުގައިވެސް ވޯޓު ލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވާކަމުގައެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވާއިރު. އޭގެތެރޭގައި ހިމެނެނީ139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
ކޮމެންޓު ފޮނުވާ