ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ ޢަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސައްކަތުން އެދޯނި ހޯދައިފިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ގެންލިގެން ހޯދަމުންދިޔަދޯންޏަކީ މ. މަޑުއްވަރިން ފުރައިގެން 3 މީހުންނާއެކު ދަތުރުކުރަމުންދިޔަ "ފަރިހި 2″ ނަމަކަށްކިޔާ ދޯންޏެކެވެ. ދެ ފަޅުވެރިންނާ އެކު މަސް ބާނަ ނުކުން "ފަރިހި 2″ ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114′ ރޭ 23:20 އިން ފެށިގެން ދިޔައީ ހޯދަމުންނެވެ.
ފުލުހުން ބުނެފައިވަނީ 2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ދީފައިވާ ކަމުގައެވެ.