ގެއްލުނު ދޯނި ހޯދުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

ގެއްލުނު ދޯނި ހޯދުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

Author
ހުސެއިން
20 އޭޕްރިލް 2024 12:21
0

ގެއްލިގެން ހޯދަމުންދާ "ފަރިހި 2″ ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި ޑްރޯން ބޭނުން ކުރަމުންދާ ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލާފައި ވާކަމުގައެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ބުނީ ދޯނި ހޯދުމަށް ކަނޑާއި ވައިގެމަގުން މިހާރުވެސް މަސައްކަތްކުރަމުން ދާކަމުގައެވެ. އެމްއެންޑީއެފްގެ އެކްސް ޕޯސްޓުގައި ބުނެފައިވަނީ ދެ ފަޅުވެރިންނާ އެކު މަސް ބާނަ ނުކުން "ފަރިހި 2″ ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރކްރާފްޓް 114′ ރޭ 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލާފައި ކަމުގައެވެ.

ފުލުހުން ބުނެފައިވަނ 2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.