5 ރަށެއްގައި އެއަރޕޯޓު ތަރައްގީކުރަން އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ. އޭގެތެރޭގައި ހިމެނެނީ ށ. މިލަންދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި، ތ. ގުރައިދޫ އަދި ށ.ކޮމަންޑޫއެވެ.
މިރަށްތަކުހައި އެއާޕޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެކު އިންފްރާސްޓަރަކްޗަރ މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ ތެރެއިން ށ. މިލަންދޫ އާއި ކޮމަންޑޫ އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.
ގުރައިދޫގެ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީއާއެކު ވެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް އެވެ.
ވިލުފުށީގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް އެވެ.
މީގެއިތުރުން ބިލެއްފަހީގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފިޝަރީޒް މިނިސްޓާ އަހްމަދު ޝިޔާމް އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަސީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ.
ނަމަވެސް، މި މަޝްރޫއުތަކާއި ގުޅޭ އިތުރު ތަފްސީލް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.