އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްއަށް ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާކޮށްފި

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްއަށް ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާކޮށްފި

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2024 10:44
0

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް ދެ ސްޓޯރޭޖް ކޮންޓޭނަރު އެމްޕީއެލްއިން ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ ސީ.އެސް.އާރްގެ ދަށުން އެ ހޮސްޕިޓަލަށް 40 ފޫޓުގެ ދެ ސްޓޯރޭޖް ކޮންޓޭނަރ ހަދިޔާކޮށްފައިވާކަމުގައެވެ.

އެކުންފުނިން ބުނެފައިވަނީ، މި ސްޓޯރޭޖް ކޮންޓޭނަރތައް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ރަސްމީކޮށް ހަދިޔާކުރެއްވުމުގެ ގޮތުނ އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އަދި ކުންފުނީގެ ބައެއް އިސްވެރިން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ ޑރ. އިބްރާހިމް ޔާސިރު އަޙްމަދު އަދި އެ ހޮސްޕިޓަލްގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.