ލައިސަންސް ފީ ކައުންސިލްތަކުން ބަލައިގަންނަން ފަށަނީ

ލައިސަންސް ފީ ކައުންސިލްތަކުން ބަލައިގަންނަން ފަށަނީ

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2024 10:38
0

ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާކައުންސިލުތަކުން ބަލައިގަންނަ ގޮތަށްބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންމިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ އުތުރުގެ ތިން އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެކަމުގެއެއްބަސްވުމުގައި ސޮއިކުރަން ބޭއްވިރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސެންސް ނެގުމުގެ ހިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސެންސް ފީބަލައިގަންނަމުން އައީ ޓްރާންސްޕޯޓްމިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ.

ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށްލުޔެއް ދިނުމުގެ ގޮތުން މިހާރުނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށްކަމަށް އަމީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑު އުޅަނދު ރަޖިސްޓްރީކޮށްގެން ގެންގުޅެން ޖެހޭއިރު އޭގައިހިމެނޭ ސޭފްޓީ ސެޓްފިކެޓް ކޮންމެއަހަރަކު އެއް ފަހަރު އާ ކުރަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ނަމަވެސް ކޮންމެ އަހަރަކު ދޯނިތަކުގެ ސޭފްޓީ ބަލަމުންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.