ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ގެ ކުރިއަށް އޮތް ފިލްމް އިއުލާން ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ސަލްމާން ކުރިއަށް އޮތް ފިލްމް އިއުލާން ކޮށްފައިވާ އިރުގައި އެ ފިލްމް އަކީ "ސިކަންދަރު"އެވެ. ޑައިރެކްޓަރު އޭއާރް މުރްގަދޯސްއާ އެކީ ސަލްމާން ޚާން މަސައްކަތް ކުރަން ހަމަޖެހިފައިވާ މި ފިލްމް ބެލުންތެރިނަން އަންނަ އަހަރު ކުޑަ އީދުގައި ގެނެސްދޭނެއެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓައިޓްލް ޕޯސްޓަރެއް ވެސް ވަނީ ދައްކާލައިފަ އެވެ. ކުރިން އަޑުއެރި ގޮތުން މި ފިލްމަކީ ސަލްމާން ހިމަނައިގެން ސާޖިދު ޑައިރެކްޓްކޮށް 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ކިކް" ގެ ސީކްއެލްއެކެވެ. ނަމަވެސް ފިލްމުގެ ޓީމުން މިއަދު ފިލްމުގެ ނަން އިއުލާން ކުރުމާ ގުޅިގެން އާ ފިލްމަކީ "ކިކް 2″ ނޫންކަން ވަނީ ކަށަވަރުވެގެން ގޮސްފަ އެވެ.
ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ސަލްމާން ގެ އެންމެ ފަހުގެ ފިލްމް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް އަދި ސަލްމާންގެ ފްރެންޗައިޒް ފިލްމް "ޓައިގާ" ސީރީޒް ގެ 3 ވަނަ ފިލްމް "ޓައިގާ3″އެވެ.