"އުލަޖް" މި އަހަރުގެ ޖުލައިގައި

"އުލަޖް" މި އަހަރުގެ ޖުލައިގައި

Author
ފާތިމަތު ނާވީ
16 އޭޕްރިލް 2024 10:35
0

ސިޔާސީ ކަތަށްތަކެއް ދައްކުވައިދޭ އަދި އެފަދަ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "އުލަޖް" މި އަހަރުގެ ޖުލައިގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ޖުލައި 5 ގަ އެވެ. އެކަމަކު މިކަން "އުލާޖް" ގެ ޓީމުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.

މީ ޖާންވީގެ ކެރިއަރުގައި މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ ވަރަށް އިންޓްރަސްޓިންގ ފިލްމް އަކަށް ވެގެން ދާނެ ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

މީގައި ޖާންވީއާ އެކީ ގިނަ އަދަދެއްގެ ފިރިހެން އެކްޓަރުން ތަކެއް ފެނިގެންދާނެއެވެ. ޖާންވީ އާއި އެކުގައި ލީޑުން ވެސް ފެނިގެން ދާނީ މާ މަޝްހޫރު ނޫން އެކްޓަރުން ކަމުގައިވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ. މިފިލްމް ގެ ކާސްޓުގައި މިޔަންގް ޗަންގް، ސަޗިން ކެޑޭކަރް، ރާޖަންދުރަ ގުޕްތާ އަދި ޖިތެންދުރަ ޖޯޝީ ވެސް ހިމެނެއެވެ.

ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުދާންޝޫ ސާރިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.