ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2024 12:23
0

ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ،  2024 މާރިޗު 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ބަންކާ މޯބައިލް ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަންބޭނުންވެ، ފުލުހުން ވީޑިއޯ އާންމު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާ ހޯދިފައިނުވާ ކަމުގައެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.