ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި، ޕާޓީގެ މީހުންނަށް އެކަނި ކަރަންޓު ދޭން ގޮވާލި މައްސަލައެއް!

ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި، ޕާޓީގެ މީހުންނަށް އެކަނި ކަރަންޓު ދޭން ގޮވާލި މައްސަލައެއް!

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2024 12:06
0

ހއ. ދިއްދޫގައި ރޭ ބެއްވި ކެމްޕޭން ޖަލްސާއެއްގައި، ހަމައެކަނި ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރުމަށް ގޮވާލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުހގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ރޭ ގޮވާލާފައިވަނީ މިހާރު ކުރިޔަށްދާ މަޖިލިސް ކެމްޕޭން ނިމެންދެން ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށެވެ. އަދި އޭނާވަނީ އަރަށު ފެނަކަ އިމާރާތް އަޅާފައިވަނީ ބޮޑު އަގުގައިކަމަށް ވިދާޅުވެ ކުރީ ސަރުކާރަށް ވަރަށް ބޮޑާ ފާޑު ވިދާޅުވެފައެވެ.

ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން.

އަބްދުﷲ ރަޝީދު ރޭގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެއްވެސް ކުއްޖަކު ވަޒީފާއިން ކަނޑާލަން ބޭނުން ނުވާކަމަށާއި، ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް ވަޒީފާ ދިނުމަށް ކަމުގައެވެ.

ރޭގެ ޖަލްސާގައި، ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށް އަބްދުﷲ ރަޝީދު ގޮވާލުމާއި ގުޅިގެން އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ޕާޓީގެ މީހުންނަށް އެކަނި ކަރަންޓޫ ދޫކުރުމަށް ގޮވާލި މައްސަލައެއް ފެންމަތިވެފައިވާއިރު، ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ގޮވާލި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.