ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްއެންޑީއެފްއަށް ކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ.
މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން އެ އިކުއިޕްމަންޓްސްއާ ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއެވެ.
ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫންއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓު ފޮނުވާ