މާލޭގެ ގެސްޓު ހައުސްއަކުން ފޭރުނު މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެސްޓު ހައުސްއަކުން ފޭރުނު މީހަކު ހައްޔަރު ކޮށްފި

Author
ހުސެއިން
14 އޭޕްރިލް 2024 08:46
0

މާލޭގެ ގެސްޓު ހައުސްއަކުން ފޭރުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އައްޑޫ އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ މީހެކެވެ.

އޭނާ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އޭނާގެ ބަންދު އަމުރުގައި ވާގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ތުހުމަތުތަކަށް ބާރުލިބޭ މިންވަރަށް ހެނކި ލިބިފައިވާކަމަށް ކޯޓަށް ފެންނާތީއެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.