މެގަޓްރޯން މޮޓޯރސްއިން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އޮޅުވާލައިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

މެގަޓްރޯން މޮޓޯރސްއިން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އޮޅުވާލައިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

ގުޅުންހުރި

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް ނަމަކަށްކިޔާ ކުންފުންޏަކުން މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމުގައެވެ.

އެގޮތުން، އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ރާއްޖެއަށް ޖަޕާނުން ވެހިކަލް އެތެރެ ކުރުމުގެ ނަމުގައި މީހުން އަތުން ފައިސާ ނަގައިގެން ވެހިކަލް އެތެރެ ކުރުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް މިފަދަ ކުންފުނިތަކުން ވެހިކަލް ގެންނާނެކަމަށް ބުނެ ގިނަ ބަޔަކަށް ލަނޑެ ދެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ