ރާއްޖެ އައި ޕާކިސްތާނުގެ މީހެއް އަތުން 5 ކިލޯގެ ޑްރަގު އަތުލައިގެންފި

ރާއްޖެ އައި ޕާކިސްތާނުގެ މީހެއް އަތުން 5 ކިލޯގެ ޑްރަގު އަތުލައިގެންފި

Author
އަހުމަދު
13 އޭޕްރިލް 2024 04:54
0

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ފަސް ކިލޯގެ ޑްރަގް އަތުލައިގެންފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 57 އަހަރުގެ އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އެއް މަސް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަބްދުލް ލަތީފް ރާއްޖެ އައިއިރު ގެނައި ދަބަހުގެ ތެރެއިން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވެއެވެ. އަބްދުލް ލަތީފަކީ ރާއްޖެއަށް މަސްތުވާތަކެތ އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވުން އޮތް މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ މީހާ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ އިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.