ދަރުސް ދިނުމުގެ ފުރުޞަތު ދިނުމަށް އެޗްޕީއޭއަށް، ޒައިދު ގޮވާލައްވައިފި

ދަރުސް ދިނުމުގެ ފުރުޞަތު ދިނުމަށް އެޗްޕީއޭއަށް، ޒައިދު ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 12:57
0

ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވާއިރު، މިސްކިތްތަކުގައި ދަރުސް ދިނުމުގެ ފުރުޞަތު ދިނުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު އެޗްޕީއޭއަށް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އިން ރައްކާ ތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުން  މާރޗް މަހުގެ 12 ވަނަ ދުވަހުންފެށިގެން މެދުކަނޑާލާފައ އޮތުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުއްދަދީފައެވެ. އަދި ރޭ ވަނީ ލޭ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެއުޅުން މަނާކޮށް އޮތް ކާފިއު އުވާލާފައެވެ.

މިކަންކަމާއި ގުޅިގެން ޝައިޚް ޒައިދުކުރެއްވ ޓްވީޓެއްގައި ވިދާޅުވީ، މާލެއަށް ބޮޑެތި ލއުިތަކެއް ދޭއރު، މިސްކިތްތަކުގެ ދަރުސްތައް އިތުރަށް ލަސްނުކޮށް ފެށުމަކީ މިހާރު ދިވެހިން އެންމެ ބޭނުންވާ ކަންތައްކަމަށެވެ.

މިހާރު މުޖުތަމައުން ފެންނަ ލުއިތަކާ މަންޒަރުތަކަށް ބަލާއިރު، އެޗްޕީއޭއިން މިސްކިތްތަކުގެ ދަރުސްތަކަށް ފުރުޞަތު ދިނުމަށް އަޅުގަނޑު އިލްތިމާސްކުރަން!

– ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވި މާލެއާއި މާލެ ސަރަހައްދުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްވަމުން ދިއުމާއެކު، ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަންނަނީ ދުވަހެއް ދުވަހަކަށް ލުއިކުރަމުން ނެވެ. އަދި ކޯވިޑް އެންމެ ބޮޑަސް ފެތުރެން ފެށުމުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަސްފަހު ތިން މަހަށް ފަހު، ޖުލައި 1 އިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.