ޝަރީފް އިދިކޮޅަށް، އީސީގެ މުސްތަޤިއްލުކަން ގެއްލުވާލަން ނޫޅުއްވާ

ޝަރީފް އިދިކޮޅަށް، އީސީގެ މުސްތަޤިއްލުކަން ގެއްލުވާލަން ނޫޅުއްވާ

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 11:40
0

އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ޒިންމާދާރުކަމާއިއެކު ޤާނޫނުގައި މަތިކޮށްފައިވާ ގޮތަށް ކަމަށާއި، އިލެކްޝަން ކޮމިޝަންގެ މުސްތަޤިއްލުކަމައިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ނުކުރުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަތަކުގެ ތެރެއިން އިލެކްޝަން ކޮމިޝަނުން މަައްކަތް ކުރަމުންދަނީ ސަރުކާރާއި ގުޅިގެން އިންތިޚާބް ލަސްކުރަންކަމަށް ދައްކާފައިވާ ވާހަތަކާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެވާހަތައް ދައްކާފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށެވެ. އިންތިޚާބް ލަސްކުރުމަށްވެސް އަވަސް ކުރުމަށްވެސް ޤާނޫނީ އެއްވެސް ބާރުވެރިކަމެއް މިވަގުތު އިލެކްޝަން ކޮމިޝަނުގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްިޔތުންގެ ތެރޭގައި އިލެކްޝަން ކޮމިޝަނާއިމެދު އޮތް އިތުބާރު ނަގާލައި، ކޮމިޝަންގެ މެމްބަރުންނާއި، މުވައްޒިފުންނަށް ރައްޔިތުން ކުރާ އިތުބާު ކުޑަވާގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގައި އިންތިޚާބު ބޭއްވުމުގެ ކުރިން އިންތިޚާބާއިމެދު ސުވާލު އުފެދޭ ވާހަކަ ނުދެއްކުމަށް ޝަރީފް ވަނީ ގޮވާލާފައެވެ.

ސަރުކާރާއި އިލެކްޝަނާއި ގުޅިގެން އިންތިޚާބް ލަސްކުރާކަމަށް ޕީޕީއެމް ޕީއެންސީ ބޭއްވި ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައިވަނީ އެއްވެސް ޒިންމާދާރުކަމެއްނެތި. އިލެކްޝަނަށް އިޚްތިޔާރެއް ނެތް އިންތިޚާބް ލަސްކުރަންވެސް އަދި އަވަސް ކުރަންވެސް. އިލެކްޝަންގެ މުއްތަޤިއްލު ކަމާއިމެދު ސުވާލު ނޫފައްދަވާ. އެފަދަ ސުވާލު ކުރިމަތި ކުރުވޭނީ ޤާނޫނުގައި ވަކި ގޮތަކަށް ބުނެ، އެކަމަށް އަމަލު ނުކުރާނަމަ. ޒިންމާދާރުކަންކުޑަ ވާހަކަ ފަތުރައިގެން އިންތިޚާބަށް އޮތް އިތުބާރު ގެއްލުވާ ލަން ނޫޅުއްވާ.

– ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ އިންތިޚާބު ސަރުކާރަށް ކާމިޔާބް ނުވާނެކަން ޔަގީންވުމުން މަސައްކަތް ކުރަމުންދަނީ އިންތިޚާބް ވީހާވެސް ލަސްކުރުމަށް ކަމަށެވެ. އަދި މިއަދު ފެންނަމުންދާ މަންޒަރުތަކުން ކައުންސިލް އިންތިޚާބު މިނިވަންކަމާއިމެދު ބޭއްވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

އެތައް ކެންޑިޑޭޓުންގެ ރަށު ބަންދުގައި ބައިތިއްބައި ވަކި ބަޔަކަށް ކެންޕެއިންކޮށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދެމުންދާއިރު، މިއީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ވާދަކުރާ 1،200 އަށް ވުރެ ކެންޑިޑޭޓުންގެ ހައްގު ސަރުކާރުން ނިގުޅައިގަނެފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.