ހިލޭ ކާޑު %85 ގޭބިސީއަށް ފޯރުކޮށްދީފި

ހިލޭ ކާޑު %85 ގޭބިސީއަށް ފޯރުކޮށްދީފި

ރާއްޖޭގެ ހުރިހާ ގެޔަކަށް މި ރޯދަ މަހު ބަހަން ނިންމި ހަނޑުލާއި ފުށް 85 ޕަސެންޓް ގޭބިސީ އަށް ފޯރުކޮށްދެވުނު ކަމަށް އެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުންފުނި، އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯއިން ހަނޑުލާއި ފުށް ގެނެސްފައި ވަނީ ރާއްޖޭގައި 90،000 ގޭބިސީ ހިމެނޭ ކަމަށް ބަލައިގެން ކަމަށާއި %85 ގޭބިސީން ކާޑު ގެންދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

ޘިމާދު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ކާޑު ފޮނުވުމުގައި ބެލީ ކައުންސިލްތަކުން ފޯރުކޮށްދިން މަޢުލޫމާތަށް ކަމުގައެވެ. އެގޮތުން އެކިރަށްރަށަށް ކާޑު ފޮނުވަން ޖެހުނު އަދަދު ފަސޭހައިން އެނގިގެން ދިޔަކަމަށާއި ނަމަވެސް މާލޭ ސަރަހައްދުގައި އެކަން އެހާ ފަސޭހަނޫން ކަމަށެވެ. އެހެންކަމުން ހަނޑުލާއި ފުށް ގެނެސްފައިވަނީ އަންދާޒާ އަދަދަކަށް ކަމުގައި ޝިމާދު ފާހަގަކުރެއްވިއެވެ.

މި ރަމަޟާންމަހުގައި ރައްޔިތުންނަށް ބެހުމަށް ސަރުކާރުން ގެނައި ކާޑުގެ ބާވަތްތަކުގެ ކޮލިޓީ އެހެން އަހަރުތަކަށް ވުރެ ރަނގަޅު ކަމުގައި އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފުށް ގެނެވުނީ ސްރީލަންކާއިންނެވެ. އަދި ފުށް ބޭނުންކުރި ފަރާތްތަކުންވެސް ކޮލިޓީ ރަނގަޅުކަމަށް މަޢުލޫމާތުދީފައިވާކަމަށް ޝިމާދު ވިދާޅުވިއެވެ.

އެސްޓިއޯއިން ރަމަޟާންމަހުގެ ކާޑު ދޫކުރާނެ މީ އެންމެ ފަހު ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *