ޕީއެންއެފްގެ ޖަލްސާ ބާއްވަން ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު

ޕީއެންއެފްގެ ޖަލްސާ ބާއްވަން ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2024 04:36
0

ޕީއެންއެފް އުފައްދަން މިރޭ ބާއްވާ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު އެޕާޓީގެ ލީޑަރޝިޕުން ކޮށްފިއެވެ.

ޕީއެންއެފް އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަމުންދާ މަލީހު ޖަމާލް ކުރެއްވި އެކްސްޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުންކަމުގައެވެ.

ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސްކޯލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފަ ވަނީ. ރޭގަ ކަރަންޓު ދޭން އައި ކުއްޖާވެސް ހުއްޓުވި. ކަނު އަނދިރީގަވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނަން.

މަލީހު ޖަމާލް ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ މިރޭ ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖީލިހު ޖަމާކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ މިރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އޭނާވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް މި ޖަލްސާއަށް ދަޢުވަތު އަރުވާފައެވެ.

މި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވުމުގެ ހުއްދަ ކަރެކްޝަންސްއިން ދީފައި ނުވާކަމަށް ކުރިން މައުލޫމާތު ލިބިފައި ވިނަމަވެސް، މަލީހުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެކަމުގައެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީ އަށް ހުށަނޭޅެނެއެވެ. އެހެންވެ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "އެކްސް" ގައި ވިދާޅުވެފައިވަނީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރޭ އޮންނާނެ ކަމަށާއި މި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޖަލްސާ ބާއްވާނެ ތަނެއް އަދި އިތުރު އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވައެވެ.

ޔާމީންގެ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް އެދި ގާނޫނީ ޓީމުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވަނީ ސިޓީ ފޮނުވައިފައެވެ. އެ ސިޓީއާ ގުޅިގެން ކަރެކްޝަންސް އިން މިހާރު ޖަވާބު ފޮނުވާފައިވާ ކަން އެނގިފައިވެއެވެ.

އެކަމަކު، ކަރެކްޝަންސް އިން ވެސް އެ ޖަވާބަކީ ކޮބައި ކަން ސާފެއް ނުކޮށްދެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ކޮންމެ ރެއަކުހެން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.