ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ކުރިޔަށް އޮތް ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް އީދަށް ދިއްލާލުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް ކަމާއި ގުޅުން ހުރި މިނިސްޓްރީތަކުން ބުނެފިއެވެ.
އެގޮތުން އެޗްޑީސީން ބުނެފައިވަނީ. ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ރޫހުދައްކުވައިދޭ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާކަމުގައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ރޫހުދައްކުވައިދޭފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ ތެރެއިން. pic.twitter.com/1m6C56PVf7
— Housing Development Corporation (@hdcmaldives) April 4, 2024
ހަމަ އެފަދައިން ލޯކަލް ގަވަރމަންޓް މިނިސްޓްރީ ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި ޢީދުގެ މުނާސަބަތުގައި ދުވަހުގެ ޝިއާރުތައް ދިއްލުމާއެކު ތަކްބީރުގެ އަޑު އިއްވާދޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތުގެ މިހާރު ކުރިޔަށްދާކަމުގައެވެ. އަދި އެމަސައްކަތް މުޅި ރާއްޖޭގައި ބާރަށް ކުރިޔަށް ދާކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން އީދަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތައް ކުލަތަކުން ދިއްލާމުގެ ފަހު ތައްޔާރީތައް އަންނަ ހޯމަ ދުވަހަށް ނިމިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.